ސުވާލު:

އަޅުގަނޑުގެ އެންމެ ފުރަތަމަ ސުވާލަކީ މި އިމާރާތް، ދެ މާރުކޭޓުވެސް އަދި އެހެން ދިމަދިމާގައި ހުރި މާރުކޭޓުވެސް އަޅުގަނޑެއް ޤަބޫލެއްނުކުރަން އިންސާނުންނަށް ބޭނުންވާ ކާބޯތަކެތި ވިއްކަން އެންމެ ރަނގަޅު ފެންވަރުގައި ހުރި ތަންތަންކަމަށް. މިއި ފުރަތަމަ ސުވާލު. އަނެއް ކަމަކީ ގޮޅި ދޫކުރަނީ ދިވެއްސަކަށް. ދިވެއްސެއްނޫން ކަންކުރަނީ. ދިވެހިމީހާ އެހެންމީހުންނަށް ބޮޑު އަގުގައި ކުއްޔަށްދީގެން ނާޖާއިޒް ފައިދާނަގަނީ. އަހަރެމެން މަސައްކަތްކުރާ މީހުންނަކަށް ގޮޅިއެއްވެސް ލިބޭނެ ގޮތެއް ނޯވޭ. އެމީހުންގެ އަތުން ކުއްޔަށް ނެގިއްޔާ ނޫންގޮތެއްނެތް؟ މިކަންކަން ހައްލުކޮށްދީފިއްޔާ ވަރަށް ރަނގަޅު.


ޖަވާބު:

އާދެ! އަބްދުﷲ އިބްރާހީމް މަނިކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް މުހިންމު ކަމެއް ތި ފާހަގަކުރެއްވީ. މާލޭގައި ދަތުރުވެރިންގެ މާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓުވެސް އެއީ މިހާރު އެއްގޮތަކަށްވެސް އެންމެ އެކަށީގެންވާ ފެންވަރެއްގައި ހުރި ތަންތަނެއް ނޫން. މިހާރު ސަރުކާރުން ވާނީ ސިޓީކައުންސިލަށް ހުރިހާ މަގުތަކެއް ފަހިކޮށްދީފައި، އެ ދެ މާރުކޭޓުގެ ބަދަލުގައި މިހާރު ލޯކަލް މާރުކޭޓު އެހުރި ތަނުގައި އެންމެ ޒަމާނީ ފެންވަރުގައި، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގަ މާރުކޭޓުތައް ހުންނަ ތަންތަނުގައި ހުންނަ ފެންވަރުގެ އިމާރާތެއް އަޅާފައި އެތަނުގަ މަސްމާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތި ވިއްކޭ ކަހަލަ ޖާގަވެސް ހިމެނޭ ގޮތަށް ހަތަރު ބުރީގެ ޒަމާނީ މާރުކޭޓު އިމާރާތެއް އަޅަން. އަދި ޕާރކިން ވެސް އެތާނގެ އަޑީގަ، ބޭސްމަންޓްގަ ހިމެނޭ ގޮތަށް. އެހެންވީމަ އެ މާރުކޭޓު އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ފެށުމުގެ މަރުޙަލާގައި އެ އުޅެނީ. އެހެންވީމާ އެމާރުކޭޓު އިމާރާތް އެޅުނީމާ ދެންމެ އަބްދުﷲ ތިޔަ ފާހަގަކުރެއްވި މައްސަލައަށް ހައްލެއް އަންނާނެ. ވަރަށް ސާފުތާހިރު ވަރަށް ރީތިކޮށް ހުންނަ އަދި މާ ޖާގަ ވެސް ބޮޑު ގޮޅިތައް ހަމަޖެހިގެންދާނެ. މާ ހިތްގައިމުވާނެ. އެހެންވީމާ ހުރިހައި ގޮތަކުން ރަނގަޅު ވެގެންދާނެ. އެމާރުކޭޓުގެ މަސައްކަތް މި އޭޕްރީލް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރޯދަމަސް ނިމިގެން މިހާރު ހުރި ލޯކަލް މާރުކޭޓު ރޫޅާލާފައި އެތަނުގައި ފެށިގެންދާނެ. ދެން ވަގުތީ މާރުކޭޓަށް ތިބޭފުޅުން ބަދަލުވާނެ އެތަން އަޅާއިރުގައި. އެހެންވީމަ ތި މައްސަލައަށް ހައްލެއް އަންނާނެ.
ދެން ބޭރުމީހުންގެ މައްސަލައަކީ ހަމަ ވަރަށް ބޮޑުވެފަ އޮތްކަމެއް. ދިވެހީންނަށް ގޮޅި ދޫކުރަނީ. ދެންމެ ތި ފާހަގަކުރެއްވި ގޮތަށް. އެހެންވީމާ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން ހަމަ އިމްޕްލިމެންޓިންގ މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ހައްލުވެގެންދާނެ ކަމެއް. އާ މާރުކޭޓު އެޅިގެންދާއިރު އެއްކޮށް ތިޔަކަން އިރާދަކުރެއްވިއްޔާ ހައްލުވާނެ. ޝުކުރިއްޔާ