ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހުވަދުއަތޮޅު ދެކުނުބުރީ ގައްދުއަށް އުދަ އެރުމުގެ ސަބަބުން ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް އަޅުގަނޑު މިދަނީ ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން ކަމާބެހޭ މުޢައްސަސާތަކާ ބައްދަލުކޮށް، މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އަޅުގަނޑު މިދަނީ ހޯދަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަދި މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވާ ވާހަކަވެސް ދެންނެވީމެވެ.