ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، ޢަބްދުﷲ ފަލާޙް ޝަރީފް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޢަބްދުﷲ ފަލާޙް ޝަރީފް މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ.