މި އޮފީހުގެ ނަންބަރު 25/2021 (5 އޮކްޓޫބަރު 2021) ދެންނެވުމާ ޙަވާލާދީ ދަންނަވަމެވެ.

މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، މި އަހަރަކީ [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި އަހަރު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން 2022 އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.