އަލްޙާފިޡާ ފާޠިމަތު މައިސަން ސަޢީދު
ސ. ފޭދޫ ޑިއަރ ރެސްޓް

ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފުރަތަމަ ފެށްޓެވީ ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ފަރާތުން ކުރިއަށް ގެންދެވި ޙިފްޡު ކްލާހުގައި ބައިވެރިވެވަޑައިގަންނަވައިގެންނެވެ. އޭގެފަހުން 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، 2015 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 24 ފޮތް ދަސްކުރައްވާފައިވެއެވެ. ޤުރްއާން ހިތުދަސްކުރައްވައި އެއްކޮށް މުރާޖަޢާ ކުރައްވައި ޙާފިޒް ކޮމިޓީއަށް ވިދާޅުވެދެއްވައި ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.