އަލްފާޟިލް އަޙްމަދު ޝަރީފް
ހުޅުމާލެ. ފްލެޓް ނަންބަރު 04-1-34

އަޙްމަދު ޝަރީފް، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 36 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ފުރަތަމަ އަދާކުރެއްވީ، ޕްރިޒްންސް ޑިވިޜަންގެ 2ނަންބަރު ކާތިބެއްގެ ވަޒީފާއެވެ. އަދި، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ 2 ނަންބަރު ކާތިބު ކަމާއި، ފުލުސްކޯޓުގެ ސީނިއަރ ކްލާކްކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީކަން ކުރައްވައިފައި ވެއެވެ. ޑިފެންސް މިނިސްޓްރީގައި އަޙްމަދު ޝަރީފް ބަލަހައްޓަވަމުން ގެންދެވީ، ފުލުހުން ތަޙުޤީޤު ކުރައްވާ މައްސަލަތަކާ ގުޅުންހުރި ކަންކަމެވެ.

އަޙްމަދު ޝަރީފް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ ސެކްރެޓަރީ ކަމަށް ބަދަލުވެވަޑައިގަތީ 1 ސެޕްޓެންބަރު 2004 ގައި އެ ސަރވިސް އުފެދުމާ ގުޅިގެންނެވެ. އެ ސަރވިސްގެ ކްރައިމް ރެކޯޑްސް ޔުނިޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެކްޓިންގ ހެޑް ކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، އެ ޔުނިޓުގެ ހެޑްގެ ވަޒީފާގައެވެ.

އިތުރު މަސްއޫލިއްޔަތުގެ ގޮތުގައި އެ ސަރވިސްގެ އިންފޮމޭޝަން އޮފިސަރ ކަމާއި، އެރެސްޓީ ރިވިއު ކޮމިޓީގެ މެންބަރުކަން ކުރައްވައެވެ.

އަޙްމަދު ޝަރީފް ކުރައްވަންޖެހޭ މަސައްކަތުގެ ބާވަތުން ވަރަށްގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރައްވަންޖެހޭތީ، ކޮންމެ ދުވަހަކުވެސް މަދުވެގެން 12 ގަޑިއެއްހާއިރު މަސައްކަތް ކުރައްވަމުން ގެންދަވައެވެ.