އަލްފާޟިލް އިބްރާހީމް ރަޝީދު ޢަބްދުﷲ
މ. ޓިޔާޒްޖޯއި

ޗީފް ސުޕްރިންޓެންޑެންޓް އިބްރާހީމް ރަޝީދު ޢަބްދުﷲ އަކީ، 1986 ވަނަ އަހަރުގެ ޖޫންމަހުގެ 3 ވަނަ ދުވަހުން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާއެވެ. އޭގެފަހުން މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ސެކިއުރިޓީ އޮފިސަރު ކަމާއި، އެއަރޕޯޓް ސެކިއުރިޓީ ސުޕަވައިޒަރު ކަމާއި، އެއަރޕޯޓް ސެކިއުރިޓީ އޮފިސަރު ކަމާއި، ސީނިއަރ އެއަރޕޯޓް ސެކިއުރިޓީ އޮފިސަރުކަން ކުރެއްވިއެވެ.

ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީއާބެހޭ މަސައްކަތް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލުވުމާ ގުޅިގެން، އިބްރާހީމް ރަޝީދު ޢަބްދުﷲ ޚިދުމަތް ކުރައްވަމުން ގެންދަވަނީ އެ ކޮމާންޑުގައެވެ. މިހާރު ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. އިބްރާހީމް ރަޝީދު ޢަބްދުﷲ އަކީ، އޮޕަރޭޝަންސް ހިންގެވުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އެންމެ ސީނިއަރ މުވައްޒަފެވެ. ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ރާއްޖޭގައި މިހާރު ހިންގާ 16 އެއަރޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސާ ގުޅުންހުރި އެންމެހައި ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.

އިބްރާހީމް ރަޝީދު ޢަބްދުﷲ އަކީ، ސެކިއުރިޓީ އޮޕަރޭޝަންސް ހިންގެވުމުގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އެކިއެކި މުއައްސަސާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި ސަރުކާރުގެ ފަރާތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ލިބޭ ފުރުޞަތުތަކަށް، ވެރިންގެ އިރުޝާދުގެ މަތިން އޭވިއޭޝަން ސެކިއުރިޓީ ޓްރޭނިންގ ޔުނިޓް މެދުވެރިކުރައްވައިގެން، މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއްވެސް ދެއްވަމުންވެސް ގެންދަވާ ބޭފުޅެކެވެ.