މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާއިގުޅިގެން މުލަކަތޮޅު ކޮޅުފުށީގައި ބޭއްވި ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން އެރަަށަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގަައި ވަނީ، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އެމަނިކުފާނު ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ. މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބޭއްވި އަތުގުޅާކުމުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮޅުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ.