2023 ނޮވެންބަރު 17 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތައް ތިރީގައި މިވަނީއެވެ.

އަލަށް އުފެއްދެވި ތަންތަން

 

1.        މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ

2.        މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

3.        މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

4.        މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް

5.        އޮފީސް ފޮރ ސިވިލް ރައިޓްސް

 

ނަން ބަދަލުކުރެއްވި ތަންތަން

 

1.     "މިނިސްޓްރީ އޮފް ހޯމް އެފެއާޒް" ގެ ނަން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ" ގެ ނަމަށް ބަދަލުކުރެއްވުން.

2.     "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ގެ ނަން، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް" ގެ ނަމަށް ބަދަލުކުރެއްވުން.

3.     "މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ" ގެ ނަން، "މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް" ގެ ނަމަށް ބަދަލުކުރެއްވުން.

4.     "މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް" ގެ ނަން، "މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް" ގެ ނަމަށް ބަދަލުކުރެއްވުން.

5.     "މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް" ގެ ނަން، "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން" ގެ ނަމަށް ބަދަލުކުރެއްވުން.

6.     "މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ" ގެ ނަން، "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" ގެ ނަމަށް ބަދަލުކުރެއްވުން.

7.    "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ" ގެ ނަން، "މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް" ގެ ނަމަށް ބަދަލުކުރެއްވުން.

8.    "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް" ގެ ނަން، "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް" ގެ ނަމަށް ބަދަލުކުރެއްވުން.

9.     "މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން" ގެ ނަން، "މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" ގެ ނަމަށް ބަދަލުކުރެއްވުން.

 

އެއް އިދާރާގެ ދަށުން އަނެއް އިދާރާގެ ދަށަށް ބަދަލުކުރެއްވި ތަންތަން

 

1.   މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް އިމިގްރޭޝަން"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.

2.   މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ޑްރަގް އެޖެންސީ"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.

3. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދިޔަ "ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.

4.  މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން.

5.  މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދިޔަ "ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް"، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށަށް ބަދަލުކުރެއްވުން.

6. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "ލޭބަރ ރިލޭޝަންސް އޮތޯރިޓީ" އާއި "ނޭޝަނަލް ޖޮބް ސެންޓަރ"، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރެއްވުން.

7.  މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް" އާއި އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް އާޓް ގެލެރީ" އާއި، "ޤައުމީ ކުތުބުޚާނާ" އާއި "ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން" އާއި "ޤައުމީ އަރުޝީފު"، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށަށް ބަދަލުކުރެއްވުން.