ސުވާލު:

އަޅުގަނޑު ރައީސް އާއި ކޮށްލަން ބޭނުންވާ ސުވާލަކީ (މިހާރު ވަޒީފާގައި އުޅެފައި ވަޒީފާއިން ވަކިވީމާ) ވަޒީފާގައި އުޅޭއިރު މި ނަގާ ޕެންޝަން ލާރި އެ ލާރި ވަޒީފާއިން ވަކިވީމާ ލިބޭނެ ގޮތެއް ނެތް ތޯއޭ؟ އެއީ އަޅުގަނޑު މިހެން މި އެހީ ވަޒީފާއިން ވަކިވުމަށްފަހު ވަރަށް ދަތިޙާލުގައި އުޅުނަސް އެ ލާރި ލިބޭނެ ގޮތެއް ނެތީމަ.


ޖަވާބު:

ފާތުމަތު ހަސަން މަނިކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ކުރެއްވި ސުވާލަށް. އާދެ! ޕެންޝަން އަކީ ވަކި ޤާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއް ވީމާ ސަރުކާރުން އެއަށް ބަދަލެއް ގެނެވޭނީ ޤާނޫނު އިސްލާޙު ކޮށްގެން. އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަންވެސް، އެއިން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެ ގޮތް ހަދަންވެސް. ދެން އެއަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން. އެހެންވީމާ ތިޔަ ވިދާޅުވި ކަހަލަ އިސްލާޙުތައް ގެނެވޭނެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބިގެންދިއުމަކީ ތިޔަ ވިދާޅުވި ކަހަލަ ކަންތައްތައް ކުރެވޭނެ ގޮތް މަގުފަހިވާނެ ގޮތް. ދެން އެހެންނަމަވެސް ތިޔަ ކަންބޮޑުވުން އަޅުގަނޑަށް ޤަބޫލުކުރެވޭ. ޕެންޝަންގެ ފައިސާ އިން ބޭނުން ހިފޭނެ ގޮތެއް ވެގެންދިއުން. އެހެންވީމާ ތިޔަ ވިދާޅުވި ކަންތައްތަކަށް ރަނގަޅު ޙައްލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭނީ މަޖިލިސްތެރެއިން ކަމުގައި ދަންނަވާލަން.